ވާހަކަ ލިޔުން ނުވަތަ "ނޮވެލް" ލިޔުން ދަސްކޮށްދިނުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ބަހުގެ އެކެޑަމީއިން އިންތިޒާމް ކޮށްގެން ބާއްވާ އެ ބައްދަލުވުން އަންނަ މަހު އަށެއްގައި ބާއްވާގޮތަށް ވަނީ ހަމަޖައްސައިފި އެވެ. އެއީ ރާއްޖޭގައި ފާހަގަކުރާ ލިޔުންތެރިންގެ ދުވަސްވެސްމެ އެވެ.

އެ ބައްދަލުވުމާ ބެހޭގޮތުން ބަހުގެ އެކެޑަމީގެ ނާއިބު ރައީސް ރާފިއާ އަބްދުލް ގާދިރު "ސަން" އަށް ވިދާޅުވީ އެ ބައްދަލުވުމުގައި ވާހަކައިގެ މައިގަނޑު ބިނާކުރާނެ ގޮތްތަކާއި އަދި ޝަހުސިއްޔަތު ބިނާކުރާނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެެެވެ.

އެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުންވެސް ވާހަކަ ލިޔުމުގައި ހިޔާލު ހުށަހެޅުމަށް ހުޅުވާލާނެކަމަށް ރާފިއާ ވިދާޅުވި އެވެ.

ރާފިއާ ވިދާޅުވީ އެ ބައްދަލުވުމުގައި ކުރިން ރާއްޖޭގައި ހިންގި ވާހަކަ ލިޔުމުގެ މުބާރާތުން ވަނަ ހޯދައިފައިވާ ބޭފުޅަކު އިރުޝާދު ދެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

" އަޅުގަނޑުމެން އެބަ ބަލަ ރާއްޖޭގެ ފުންނާބު އިސްބޭފުުންވެސް ބައްދަލުވުމުގައި ބައިވެރިކުރެވޭތޯ" އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ހިލޭ ބައިވެރިވެވޭނެ ކަމަށާއި އަދި ބައިވެރިވުމަށް 7986230 އާ ގުޅުމުން ބައިވެރިވެވޭނެކަަމަށް ރާފިއާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރުވެސް ގިނަ އަދަދެއްގެ ލިޔުންތެރިން ނޫސްތަކަށް ވާހަކަ ލިޔަމުންގެންދެ އެވެ. އޭގެ ތެރޭގައި އިބްރާހިމް ވަހީދު (ބިންމާ)، މުހައްމަދު ގާސިމްމެން ފަދަ ބޭފުޅުން ފާހަގަކޮށްލެވެ އެވެ.