ދިރާގު ކަނޑިތީމު ސްްޓޭޝަން ރޯވެ، އުތުރުގެ ތިން އަތޮޅުން ފޯނުގެ ހިދުމަތް މެދުކަނޑައިގެން ހިނގައްޖެ އެވެ.

ދިރާގުގެ މެނޭޖާ، މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްްލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ހަސަން މިއަދު ވިދާޅުވީ ރޭ ދަންވަރު 3:00 ހާކަންހާއިރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ށ. އަތޮޅު އުތުރުގެ ރަށްތަކާއި ހދ. އަދި ހއ. އަތޮޅުން މޯބައިލް ފޯނާއި ލޭންޑް ލައިނާއި އިންޓަނެޓްގެ ހިދުމަތް އެއްކޮށް މެދުކެނޑިފައިވާ ކަމަށެވެ.

މިރުޝާން ވިދާޅުވީ ކަނޑިތީމުގައި ހުންނަ ނޯތު ސެންޓަރުގައި އަލިފާން ރޯވީ ކީއްވެގެން ކަން އަދި ނޭނގޭ ކަމަށާއި ނަމަވެސް އެ ހާދިސާގައި މީހަކަށް އަނިޔާވެ، ގެއްލުން ނުވާ ކަމަށެވެ.

އަދި އޭނާ ވިދާޅުވީ ފޯނުގެ ހިދުމަތް އަލުންް ފޯރުކޮށްދިނުމަށް ކަނޑިތީމަށް މިހާރު ޗާޓަރު ފްލަައިޓެއްގައި ޓީމެއް ފޮނުވާފައިވާ ކަމަށާއި ދެވަނަ ޓީމެއް ވެސް ދިޔުމުގެ މަގުމަތީގައިވާ ކަމަށެވެ. ނަމަވެސް ލޭންޑް ލައިނާއި މޯނައިލް ފޯނާއި އިންޓަނެޓްގެ ހިދުމަތް ދެވޭނެ އިރެއް އަދި ވިދާޅުވާން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިރުޝާން ވިދާޅުވީ ކިތަންމެ އަވަސްވިއަސް، މަސައްްކަތް ފަށާތާ ފަސް ހަ ގަޑި އިރު، ހިދުމަތް ދިނުމަށް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ދިރާގުން ބުނީ ނޯތު ސެންޓަރުގައި ހިނގި އަލިފާން ނިއްވާލުމަށް ކަނޑިތީމު ރައްޔިތުންނާއި އެމްއެންޑީއެފްގެ ބޭކަލުން އަދާކުރެއްވި ދައުރަށް ޝުކުރުވެރިވާ ކަމަށެވެ.