03 Jul 2019, 12:41
ސަރުކާރުގެ ހިންގުން ހަރުދަނާކުރަން ވޯލްޑް ބޭންކުން 30 މިލިއަން ޑޮލަރު ހަރަދުކުރަން ނިންމައިފި އެވެ.
ވޯލްޑްބޭންކުން ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ ރާއްޖޭގައި ދެ އޮޕަރޭޝަނެއް ހިންގުމަށް އެ ބޭންކްގެ ޑައިރެކްޓަރުންގެ ބޯޑުންވެސް ނިންމާފައިވާ ކަމަށެވެ.
އެ ބޭންކުން ހަރަދުކުރަން ނިންމި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ޕޮލިސީ ފްރޭމްވޯކްއާއި އަދި ރާއްޖޭގެ ބަޖެޓުގެ ހަރަދުތައް ދެމެހެއްޓެނިވި ގޮތަށް ގޮތަށް ބެހެއްޓުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ.
އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުނެ ދިމާވާ ގެއްލުންތަކުން ރިސްކު ކުޑަކޮށް އޭގެ ލިބޭ ގެއްލުންތައް ކުޑަކޮށް އަދި އެކަންތައްތަކަށް ތައްޔާރުވުމަށް އެހީތެރިވެދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވޯލްޑްބޭނުންކުން ބުންޏެވެ.
އަދި ކާރިސާތަކުގައިއާއި އަދި ބޮޑެތި ބަލިތައް ފެތުރުން ފަދަ ކަންކަމުގައި ރާއްޖޭއަށް ލިކުއިޑިޓީ ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ވޯލްޑް ބޭންކުން ބުންޏެވެ.