03 Jul 2019, 11:24
ޓްރާންސްޕޯޓު އޮތޯރިޓީގެ ހިދުމަތްތަކަށް އެދޭ ފަރާތްތަކަށް ނަންބަރު ދޫކުރާ އުސޫލަށް ބަދަލު ގެނެސްފިއެވެ.
ޓްރާންސްޕޯޓުން ބުނީ މީގެ ކުރިން ކޮންމެ ދުވަހަކު ވަކި އަދަދަކަށް ނަންބަރު ދޫކުރި ނަމަވެސް އެ އޮތޯރިޓީގެ ހިދުމަތަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ހުށަހެޅުމާއި ނިމިފައިވާ ހިދުމަތްތަައް ދޫކުރުމަށް ވަކި ވަގުތެއް ކަނޑައަޅާފައިވާ ކަމަށެވެ.
މީގެ ކުރިން މި ހިދުމަތްތަކަށް ކޮންމެ ދުވަހަކު 100 ނަންބަރު ދޫކުރާއިރު ފަތިހުން ފެށިގެން ނަންބަރު ނެގުމަށް ކިޔު ހަދައެވެ. މިކަމަށް ހައްލެއް ގެނައުމަށް ޓްރާންސްޕޯޓުން މިހާރު ނިންމާފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން 11 އަށް ނަންބަރު ދޫކުރުމަށެވެ.
މި ބަދަލަކީ ރައްޔިތުންނަށް ފަސޭހައަކަށް ގެނައި ބަދަލެއް ކަމަށް އެ އޮތޯރިޓީ އިން ބުނެއެވެ.