02 Jul 2019, 18:35
ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ގިނަ ވުމުން އައިޖީއެމްއެޗް އިން އެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ބުނީ، ރޯގާ އިތުރުވެފައިވާތީ އެކަމަށް ފަރުވާދޭން މިއަދުން ފެށިގެން ފްލޫ ކްލިނިކެއް ހުޅުވާފައިވާ ކަމަށެވެ.
އެ ކްލިނިކުން އެޕޮއިންޓްމެންޓަކާ ނުލައި ފަރުވާ ދެވޭނެ އެވެ. އަދި އެ ކްލިނިކުން ކޮންމެ ދުވަހެއްގެ ހަވީރު ފަހަކުން ދަންވަރު 12އާ ހަމައަށް ހިދުމަތް ދޭނެ އެވެ.
މީގެ ކުރިން 2017 ވަނަ އަހަރުވެސް ރޯގާ ޖެހިގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވުމުން އައިޖީއެމްއެޗްއިން ފްލޫ ކްލިނިކެއް ހުޅުވިއެވެ.