ކޮންމެހެން ދާން ޖެހިގެން ނޫނީ ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ދިވެހިން ނުދިއުމަށް ފޮރިން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބޯކޮށް ވާރޭ ވެހި ބެންކޮކްގެ ބޮޑުބައެއްގައި ފެންބޮޑުވެފައިވާތީ ފޮރިން މިނިސްޓްރީ އިން މިއަދު ނެރުނު ޓްރެވެލް އެޑްވައިސްގައި ވަނީ ބެންކޮކްގެ ސްވަރުނަބޫމި އިންޓަނޭޝަނަލް އެއާޕޯޓް އާއްމުކޮށް އޮޕަރޭޓް ކުރި ނަމަވެސް ޑޮން މުއާން ޑޯމްސް ސީ އެއާޕޯޓ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާ ކަމަށެވެ.

http://sun.mv/uploads/l_1211834.jpg
އަދި ބެންކޮކްގެ ރެއިލްވޭތަކާއި މަގުތައް ހާއްސަކޮށް އެ ރަށުގެ އުތުރު ސަރަހައްދަށް ދާން އޮންނަ މަގުތަކަތައް ފެން ބޮޑުވުމުގެ ސަބަބުން ހުރަސް އެޅިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ޓްރެވެލް އެޑްވައިސްގައިވެ އެވެ.
ފެންބޮޑުވެފައިވާ ސަރަހައްދެއްގައި ދިވެއްސަކު ހުރި ނަމަ ތައިލެންޑްގެ އޮފިޝަލުންގެ އިރުޝާދުތަކާ އެއްގޮތަށް ކަންތައްތައް ކުރުމަށް ފޮރިން މިނިސްޓްރީގެ އެޑްވައިސްގައި ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ބެންކޮކްގައި މިހާރު ތިބި ހުރިހާ ދިވެހިން ވެސް ވީހާ އަވަހަކަށް ފޮރިން މިނިސްޓްރީ އަށް ނުވަތަ ރާއްޖޭގެ ކޮންސިއުލޭޓަށް އެމީހުންގެ މައުލޫމާތު ދިނުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

http://sun.mv/uploads/l_1211954.jpg
ތައިލެންޑްގެ ވެރިރަށް ބެންކޮކާއި އެގައުމުގެ އެހެން ބައެއް ހިސާބުތަކުގައި ފެންބޮޑުވެފައިވާއިރު އެގައުމަށް އަދިވެސް ދަނީ ވިއްސާރަކުރަމުންނެވެ.