02 Jul 2019, 18:29
އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ހދ. ކުޅުދުއްފުށީގައި ގާއިމްކުރި ފެން އުފައްދާ ބޮޓްލިން ޕްލާންޓްއިން ފެން އުފައްދައި ބާޒާރަށް ފެން ނެރެން ފަށައިފިއެވެ.
އެ ޕްލާންޓްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ ޕްލާންޓުން މިހާރު ތިން ސައިޒެއްގެ ފެން ފުޅި އުފައްދާ ކަމަށެވެ. އޭގެ ތެރޭގައި 330 މިލި ލީޓަރު، 500 މިލިލީޓަރު އަދި 1.5 ލީޓަރުގެ ފެން ފުޅި ހިމެނެއެވެ.
އެ ތިން ސައިޒްގެ ކޭސްތައްވެސް ގޭބިސީތަކަށާއި އަދި އޮފީސްތަކަށް ވިއްކަމުން ދަނީ 58 ރުފިޔާއަށެެވެ. އަދި ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި އަދި ގެސްޓުހައުސްތަކަށް އެ ތިން ސައިޒްގެ ފެން ކޭސްތައްވެސް ވިއްކަމުން ދަނީ 55 ރުފިޔާއަށެވެ.
އަދި ކުރިއަށް އޮތް އަހަރު ތެރޭއި ފަސް ލީޓަރުގެ ފެން ބަންދު ކުރަން ނިންމައިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނުމެންގެ ޕްލާންޓުގައި މިވަގުތު ނެތް އަދި ފަސް ލީޓަރުގެ ފެން އުފެެއްދޭވަރުގެ ޕްރޮޑަކްޝަން ލައިންއެއް،" އޮފިޝަލް ވިދާޅުވިއެވެ.
އައިބީއެމްއިން ކުޅުދުއްފުށީގައި ގާއިމްކުރި ބޮޓްލިން ޕްލާންޓްގެ ބިންގާ އެޅީ 2017 ވަނަ އަހަރު ނޮޮވެމްބަރު މަހުއެވެ.