ތިން ރަށެއްގެ ބަނދަރު ހެދުމަށް 167.2 މިލިއަން ރުފިޔާއާ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު މެންދުރު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ބ. ފެހެންދޫއާއި ފުޅަދޫ އަދި ށ. ފީވަކުގެ ބަނދަރު ހެދުމަށް އެމްޓީސީސީއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ.

އެ އެއްބަސްވުުންތަކުގައި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނަރަލް ފާތިމަތު ޝަނާ ފާރޫގެވެ.

އެ އެއްބަސްވުމުގެ ދަށުން އެ ތިން ރަށުގެ ބަނދަރު ފުންކޮށް، ބޭރުތޮށް ހަދައި ރިވެޓްމަންޓް ޖެހުމާއި އަދި ބޭރު ތޮށި ހެދުމުގެ އިތުރުން ނެރު ބައްތިތައް ޖެހުމާއި ރޭމްޕްތައް ހެދުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

އެ އެއްބަސްވުމުގެ ދަށުން ފުޅަދޫ އަދި ފީވަކުގެ ބަނދަރު 390 ދުވަހުން ނިންމުމަށް ވަނީ ހަމަޖެހިފައެެވެ. އަދި ފެހެންދޫގެ އެއްބަސްވުން 65 ދުވަހުން ނިންމުމަށް ވަނީ ހަމަޖެހިފައެވެެ.