އަނބިމީހާ އެހެން ފިރިހެނަކާ އެކު ނަހަމަ ގުޅުން ބާއްވާ ކަމަށް ޝައްކުކޮށް ޕާކިސްތާނުގެ ފިރިހެނަކު އޭނާގެ އަންހެނުންނާއި ދެ ދަރިންނާއި އަދި އަދި އާއިލާގެ އިތުރު ހަ މީހަކު މަރާލައިފި އެވެ.

ސައުދީ އަރަބިއްޔާގައި މަސައްކަތް ކުރާ މުހައްމަދު އަޖުމަލް ނަަމަކަށް ޕާކިސްތާނުގެ މީހަކު އޭނާގެ ގައުމަށް އަނބުރާ އައީ މީގެ 25 ދުވަސްކުރިންނެވެ. އޭނާ ގައުމަށް އައީ ވެސް އެ މީހުން މެރުމުގެ މަގުސަދުގައި ކަމަށް ޕާކިސްތާނުގެ ފުލުހުން ވަނީ ބުނެފަ އެވެ.

ޕާކިސްތާނުގެ ފުލުހުން ބުނީ އަޖުމަލް އޭނާގެ އަންހެނުންނާ މެދު ޝައްކުކުރަން ފެށީ އަންހެނުން އެހެން ފިރިހެނަކާ އެކު ނަގާފައިވާ ފޮޓޯއެއް ފެނިގެން ކަމަށެވެ. އަންހެނުން ކުރިން އުޅެމުންދިޔައީ ވެސް ފިރިމީހާއާ އެކު ސައުދީގަ އެވެ. ނަމަވެސް ފަހުން ތަފާތު މައްސަލަތައް ޖެހި ވަނީ ޕާކިސްތާނަށް އަނބުރާ އައިސްފަ އެެވެ.

އަޖުމަލް ވަނީ އޭނާގެ މައިދައިތަ އާއި ތިން ފަަހަރިއާއި އެމީހުންގެ ދެ ދަރިން ވެސް ވަނީ މަރާލައިފަ އެވެ.

އެ ހާދިސާގައި އަޖުމަލްގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އަޖުމަލްގެ ބޭބެއެއް ވެސް އެ ހާދިސާގައި ޝާމިލްވާ ކަަމަށް ޝައްކުވާތީ ފުލުހުން ދަނީ އޭނާ ހޯދަމުންނެވެ.

އަޖުމަލްވަނީ އެ ހުރިހާ އެންްމެން މަރާލުމަށް ފަހު އެމީހުންގެ ހަށިގަނޑުތައް ވެސް އަންދާލައިފަ އެވެ.

ޕާކިސްތާނުގައި "އޮނާ ކިލިންގްސް" ނުވަތަ އާއިލާގެ އަބުރަށް ހުތުުރު އަރާ ކަންތައްތައް ކުރުމުން އެމީހުން މަރާލުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. އެފަދަ މައްސަލަތައް ބޮޑުވެ އާއިލާގެ މެމްބަރުންނަށް ގާތިލަށް މާފު ނުދެވޭނެ ގޮތަށް ޕާކިސްތާނުގެ ގާނޫނަށް ވެސް 2016 ވަނީ ބަދަލުކޮށްފަ އެވެ.

މަސްދަރު: ޔާހޫ ނިއުސް