02 Jul 2019, 10:15
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަލިފާން ނިވާ ޓީމަށް އަމްހެން ފަޔާ ފައިޓަރުން ގުޅިއްޖެ އެވެ.
އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ ބޭސިކް އެއާޕޯޓް ރެސްކިޔު އެންޑް ފަޔާ ފައިޓިން ކޯސް ފުރިހަމަކޮށް 12 އަންހެން ފަޔާ ފައިޓަރުން މިހާރު އެއާޕޯޓުގެ ފަޔާފައިޓިން ސްކޮޑާ ގުޅިފައިވާ ކަމަށެވެ.
ފަޔާ ފައިޓަރުންގެ ކޯސް ފުރިހަމަ ކުރުމަށް އަންހެން ފަޔާ ފައިޓަރުން، އިންޑޮނޭޝިއާގައި ދެ މަސް ހޭދަކުރާނެއެވެ.

އެއާޕޯޓުގެ ފަޔާ ފައިޓިްނ ސްކޮޑާ ގުޅުނު އަންހެން ފަޔާ ފައިޓަރުން -- ފޮޓޯ: އެމްއޭސީއެލް
އެއާޕޯޓުގެ އަލިފާން ނިވާ ސްކޮޑާ ގުޅުނު އަންހެން ފަޔާ ފައިޓަރުންނާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވަނީ ބައްދަލު ކުރައްވައިފައެވެ. މޫސާ ސޯލިހު ވިދާޅުވީ ފަޔާ ފައިޓިްނ ސްކޮޑާ އަންހެން ފަޔާ ފައިޓަރުން ގުޅުމަކީ ޖެންޑާ ގެޕް ކުޑަކުރުމަށް ކުރާ މަސައްކަތުގެ ބަޔެއް ކަމަށެވެ.
ޓްރެއިނިންގެ މުއްދަތުގައި ބުރަކޮށް މަސައްކަތްކޮށް ގައުމު ފަހުރުވެރިކުރުމަށް މޫސާ ސޯލިހު ވަނީ އަންހެން ފަޔާ ފައިޓަރުންނަށް އިލްތިމާސް ކުރައްވައިފައެވެ.