އިއްޔެ މެންދަމުގެ ވަގުތެއްގައި ފ. މަގޫދޫ ކައުންސިލް އިދާރާ ފަޅާލައި، އެ އިދާރާގެ ތިޖޫރީގައި ހުރި ފައިސާތަކެއް ވަގަށް ނެގި މައްސަލައިގައި ނުވަ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މައްސަލައިގައި ތުހުމަތު ކުރެވޭ ނުވަ މީހުން ހައްޔަރު ކޮށްފައިވަނީ މަގޫދޫ ކައިރިން ޑިންގީ އަކާއި ދޯންޏެއްގައި ދަނިކޮށް ކަނޑުމަތިން ކަމަށެވެ.

މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ދެމީހުންނާއި، 24 އަހަރުގެ ދެމީހުންނާއި، 26 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހަކާއި، 33 އަހަރުގެ މީހަކާއި، 36 އަހަރުގެ މީހެއްގެ އިތުރުން 38 އަހަރުގެ މީހެކެވެ.

ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، އެމީހުންގެ ބަންދަށް ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

މަގޫދޫ ކައުންސިލް އިދާރާއިން ވައްކަން ކޮށްފައި ވަނީ އިއްޔެ ރޭ 03:30 ހާއިރު، ކައުސިލް އިދާރާގެ ސެކިއުރިޓީ ގާޑު ބަނުމަށް ފަހު، އެތަނުގެ ދޮރު ހަލާކު ކޮށްލައިގެން ވަދެ އެވެ.

ކައުންސިލް އިދާރާ އާ ހަވާލާދީ ފުލުހުން ބުނީ ވައްކަން ކުރި އިރު ތިޖޫރީގައި ހުރީ މަދު އަދަދެއްގެ ފައިސާ ކަމަށެވެ.