27 Oct 2011, 14:52
ސާޅީސް އެއް ޓީމު ވާދަކުރާ މި އަހަރު ތިން ވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގައި މިދިޔަ އާދިއްތަ ދުވަހު އަވާ ރެކްރިއޭޝަން ކްލަބާއި ނަޒާކީ ސްޕޯޓްސް ބައްދަލުކުރި މެޗުގައި އަވާ ރެކްރިއޭޝަން ކްލަބުގެ އެސިސްޓެންޓް ކޯޗު ހަސަން ފައިސަލް ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް ހިންގައިފައިވާތީ އޭނާ އެއް އަހަރަށް ސަސްޕެންޑް ކުރުމަށް ނިންމައިފި އެވެ.
އެފްއޭއެމް އިން މިއަދު ހެދުނު ނެރުނު ހަތަރު ފޮޅުވަތުގެ ކުރު ބަޔާނެއްގައި ބުނެފައި ވަނީ ކުޅިވަރު ރޫހާ ހިލާފު އަމަލުތަކެއް ފައިސަލް ހިންގައިފައިވާ ކަން ބަޔާންކޮށް މެޗުގެ އޮފިޝަލް ހުށަހަޅައިފައިވާ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ބެލުމަށް ފަހު، ޑިސިޕްލިނަރީ ކޯޑުގެ 39 ވަނަ މާއްދައިގެ ދަށުން އެއް އަހަރަށް ސަސްޕެންޑްކޮށް، އަދި 2000ރ. އިން ޖޫރިމަނާކުރަން ނިންމައިފައިވާ ކަމަށެވެ.
ކުޅިވަރުގެ ރޫހާ ހިލާފަށް މެޗުގައި ހަސަން ފައިސަލް ހިންގާފައިވާ އަމަލަކީ، މެޗުގެ އެސިސްޓެންޓް ރެފްރީ އަށް ހަމަލާދިނުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.