ކ. ދިއްފުއްޓަށް ބޮޑުމަހުގެ ބައެއް ކަމަށް ބެެލެވޭ އެއްޗެއް ލައްގައިފިއެވެ.

ދިއްފުށީ ކައުންސިލްގެ ނާއިބު ރައީސް އިބްރާހިމް މުބައްޝިރު "ސަން" އަށް މިއަދު ވިދާޅުވީ އެ ބޮޑު މަހުގެ ބައެއް ކަމަށް ބެލެވޭ އެތި ލެއްގިތާ މިހާރު ދުވަސްތަކެއް ވެދާނެ ކަމަށެވެ.

"އެންމެ ފުރަތަމަ ނެރު މަތީގައި އޮތީ. ދެން ފަހުން އެ ފަޅުތެރެއަށް ވަދެފައި އޮތީ،" އޭނާ ވިދާޅުވިއެވެ.

މުބައްޝިރު ވިދާޅުވީ އެރަށަށް ކިނބުލެއްގެ ބައެއް ލައްގައިގެން އުޅޭ ކަމަށް އަޑުފެތުރިފައި އޮތް ނަމަވެސް އެއީ ދޮގެއް ކަަމަށެވެ.

"ކިނބުލުގެެވެސް އިންނާނެތަ ނަގުލެއް ދެއްތޯ. އެހެންވެގެން ކަމަށް ބެލެވޭނީ އެގޮތަށް މީހުން ބުނަނީ،" އޭނާ ވިދާޅުވިއެވެ.

މުބައްޝިރު ވިދާޅުވީ އެ ބޮޑުމަހުގެ ބައެއް ކަމަށް ބެލެވޭ ބައި ނައްތާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްއިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މީގެ ކުރިން ބޮޑު މަހާއި އެެެހެނިގެން ޖަނަވާރާއި އަދި އިންސާނުންގެ ހަށިގަނޑުތައްވެސް ލައްގާފައިވެއެވެ.