27 Oct 2011, 14:18
ބާސެލޯނާ އަށް ކުޅެމުންދާ ސްޕެއިން ފޯވާޑް ޕެޑްރޯ އަށް އަނިޔާވުމާއި ގުޅިގެން ދެހަފްތާ އަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
ސްޕެނިޝް ކަޕްގައި އަންގާރަ ދުވަހުގެ ރޭ ގްރެނޭޑާއި ދެކޮޅަށް ބާސާ ކުޅެ، 1-0 ލަނޑުން ބާސާ މޮޅުވި މެޗުގައި ޕެޑްރޯގެ އުޅަބޮއްޓަށް އަނިޔާ ވެފައި ވެއެވެ. މި މެޗްގެ ހަމައެކަނި ގޯލު ބާސާ އަށް ކާމިޔާބު ކޮށްދިނީ ޒަވީ އެވެ.
ޕެޑްރޯ އަށް އަނިޔާވެފައިވާ ކަން ބާސާގެ ރަސްމީ ވެބްސައިޓުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. "ކުލަބުގެ މެޑިކަލް ޓީމުން ބުނާ ގޮތުގައި ޕެޑްރޯގެ ވާތު އުޅަނބޮށީގެ ކަށިގަނޑެއް ބިންދައިގެން ނުދިޔަ ނަމަވެސް ދިހަ އެއް ނުވަތަ ސޯޅަ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ،"
ޕެޑްރޯ ގެ އުޅަނބޮއްޓަށް ލިބުނު މިއަނިޔާ އާއި ގުޅިގެން ލަލީގާ ގައި މަލޯކާ އާއި ދެކޮޅަށް ކުޅޭ މެޗާއި އެތުލެޓިކް ބިލްބާއޯ ކުޅޭ މެޗު ގެއްލޭނެ ކަމަށް ބެލެވެ އެވެ. އަދި މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި ވިކްޓޯރިއާ ޕުލްޒެން އާއި ދެކޮޅަށް ބާސާ ކުޅޭ މެޗު ވެސް ޕެޑްރޯ އަށް ގެއްލިގެން ދާނެ އެވެ.