މިދިޔަ ރޯދަ މަހު ދަމާސްއިން ކުރިއަށް ގެންދިޔަ ލަކީ ޑްރޯއިން އެއްވަނަ އަށް މަރިޔަމް ސައީދާ ހޮވިއްޖެ އެވެ.

ދަމާސްއިން މިދިޔަ ރޯދަ މަހަށް ހާއްސަކޮށް ގެންދިޔަ ލަކީޑްރޯ، "ވާއު ސޭލް" ކުރިއަށް ގެންދިޔައީ އެ ކުންފުނީގެ ފަރުނީޗަރު ތިން ފިހާރައިން ވިޔަފާރި ކުރި ފަރާތްތަކާއި އޮންލައިންކޮށް ތަކެތި ގަތް ފަރާތްތަކުގެ މެދުގަ އެވެ.

އެ ލަކީ ޑްރޯގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި ލަކީ ޑްރޯއިން ވަނަތައް ހާސިލް ކުރި ފަރާތްތަކަށް އިނާމްތައް ހަވާލުކޮށްފައިވަނީ މިއަދު އެވެ.

އެ ލަކީ ޑްރޯއިން އެއްވަނަ ހާސިލްކުރި ސައީދާއަށް އިނާމަކަށް ދިނީ، އިންޑެކްސް ބްރޭންޑްގެ ބްލޭންކް ބެޑްރޫމް ސެޓްއެކެވެ.

އަދި ދެވަނަ އަށް ހޮވުނު ސަމްސިއްޔާ އުމަރަށް ދީފައިވަނީ އިންޑެކްސް ބްރޭންޑްގެ އަކީޓާ ސީރީޒް ބަދިގެ ސެޓެކެވެ. އަދި ތިން ވަނައަށް ހޮވުނު އަބްދުﷲ ޒުބައިރުއަށް ދީފައިވަނީ ހަތަރު މީހުންނަސް އިށީންދެލެވޭ ސޯފާސެޓެކެވެ.

ދަމާސްއިން ބުނީ މިފަހަރު ލަކީ ޑްރޯކުރިއަށް ގެންގޮސްފައިވަނީ އެއްގޮތަކަށްވެސް ކަރުދާސް ބޭނުންނުކޮށް މުޅިން ވެސް އިލެކްޓްރޯނިކްކޮށް ކަމަށެވެ.