ނަވާރަ ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ޑީ ބާސްކެޓްބޯލް ކުލަބް ދަތުރުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭކޯޓުގައި ރޭ ކުޅުނު މެޗް ޑީބީސީން ކާމިޔާބުކުރީ ޔޫއެން ފްރެންޑްސްއާ ވާދަކޮށް 68 ޕޮއިންޓް 70 ޕޮއިންޓުންނެވެ.

ޑީބީސީ ސެމީ އަށް ދަތުރުކުރީ ގްރޫޕް ބީގެ ދެ ވަނަ ޓީމެއްގެ ގޮތުގަ އެވެ. މިގްރޫޕްގެ އެއް ވަނަ ޓީމެއްގެ ގޮތުގައި ސެމީ އަށް ދަތުރުކޮށްފައި ވަނީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބެވެ.

މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީ ޑީބީސީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން މުޙައްމަދު ސަމޫޙެވެ. އޭނަ ވަނީ މެޗުގައި ބަޔަށް 12 ޕޮއިންޓް ކާމިޔާބު ކޮށްދީފަ އެވެ.

މިމުބާރާތުގައި މާދަމާ ގްރޫޕް އޭގެ ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާ ދެ ޓީމަކީ ހަރިކޭން ބީސީއާ ބީޖީ ސްޕޯޓްސް ކުލަބެވެ. އަދި ދެ ވަނަ މެޗުގައި މާދަމާ ރޭ 8:30 ގައި ބައްދަލުކުރާ ދެ ޓީމަކީ ރެޑްރައިން ކުލަބާއި އެމް އެސް ހެލްޕިން އޭންޑެވެ.