29 Jun 2019, 16:45
އުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ ގެއްލުމާ ގުޅިގެން ރާއްޖޭގެ ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރައްވާ ޖަމިއްޔާއެއްކަމަށްވާ އެޑްވޮކޭޓިން ދަ ރައިޓްސް ފޮ ޗިލްރަން އިން ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޝައިމް ގެއްލިގެން ހޯދާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު އޭނާގެ ހަބަރެއް އަދި ނުވެ އެވެ. ޝައިމް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ އިރު އެކަމުގައި އާންމުންގެ އެހީއަށް ވަނީ އެދިފަ އެވެ.
އެ މައްސަލާގައި އާކްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ގެއްލިގެން ހޯދާ ކުއްޖެއް ނުފެނިދާ ކޮންމެ ހިނދުކޮޅަކީ ކުއްޖާ ނުރައްކަލަކަށް، އަނިޔާއަކަށް ނުވަތަ ކުއްޖާގެ
ނާޖާއިޒްފައިދާ ނެގެމުގެ ޢަމަލަކަށް ހުށަހެޅިގެންދާ ފުރުސަތު އިތުރުވެގެންދާ ވަގުތެއްް ކަމަށެވެ.
އެހެންކަމުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމް ޢަބްދުالله ހޯދުމަށް ގިނަ ދުވަސްތަކެއް ވެގެންދާތީ، މި ޖަމިއްޔާއިން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.
އާކްގެ މެނޭޖިން ޑިރެކްޓަރު މުރުތަލާ މޫސާ "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ޝައިމް ގެއްލުމާ ގުޅިގެން އެ މައްސަލާގައި ކަމާ ބެހޭ ފަރާތްތަކާ އެކު ވާހަކަތައް ބޭއްވުމަށް އެ ޖަމިއްޔާއިން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. އަދި ބައެއް ފަރާތްތަކާ ބައްދަލުވުން ބާއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
ކުޑަކުދިންގެ ހިޔާ އަދި އެފަދަ ތަންތަނުގައި ތިބޭ ކުދިންގެ ތަފާތު މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފުރާޅު ފަދަ އުސްތަންތަނުގައި އެކަނި އުޅޭތަން ފެނިގެން އާންމުން ވަރަށް ގިނައިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
"މިފަހަރު މި ދިމާވީ ވަރަށް ތަފާތު ކަމެއް ތެދެއްތޯ. މީގެ ކުރިން ވެސް ކުޑަކުދިންގެ ހިޔާ ފަދަ ތަންތަނުގެ މައްސަލާގައި ހުންނާނެ އެހީތެރިވެދީ ޕްރޮގްރާމްތައް ހިންގާފައި." މުރުތަލާ ވިދާޅުވި އެވެ.
ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ބެލިފައި ނެތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ފަހުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. މިނިސްޓަރު ވިދާޅުވީ ހިޔާގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބޭ މުވައްޒަފުންނަކީ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިތިބި މީހުން ނޫން ކަމަށެވެ.