ސ. ގަމުގައި ހުންނަ އީކުއޭޓާ ވިލެޖްގެ ބާ ފަޅާލައިގެން ބަނގުރާފުޅިތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ އިއްޔެރޭ ފަތިހު 5:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރި އެ މައްސަލަ ބެލިބެލުމުންބާ ފަޅާލައި 26 ފުޅި ވަގަށް ނަގާފައިވާ ކަމަށެވެ.

ސެކިއުރިޓީ ގާޑުން އަބަދުވެސް ފޯރި މަރަމުން އަންނަ 78 ކޮޓަރީގެ އީކުއޭޓާ ވިލެޖުން ބަނގުރާ ފުޅިތަކެއް ވަގަށް ނެގި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނައިރު އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

ގަމުގައި ހިންގާ ހަތަރު ތަރީގެ ޓޫރިސްޓު ހޮޓާ، އީކުއޭޓާ ވިލެޖުން ބުނީ އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.