27 Jun 2019, 21:20
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ކިއު ބޮޑުވެ ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަންތައް ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްއެއް ކަމަށްވާ މެޑިކެއާއިން ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި އެ ހޮޮސްޕިޓަލާއި މެޑިކެއާއާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ.
އެ އެއްބަސްވުމުގައި އައިޖީއެމްއެޗްގެ ފަރާތުން ސީއީއޯ އިބްރާހިމް ސަލީމްއެވެ. އަދި މެޑިކެއާއިން ސޮއިކުރެއްވީ އެ ހޮސްޕިޓަލް ހިންގާ ދަމާސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސޯލިހްއެވެ.
އައިޖީއެމްއެޗުން އިއްޔެ ވަނީ ހަމަ އެފަދަ އެއްބަސްވުމެއް ޓްރީޓޮޕް ހޮސްޕިޓަލާއެކުވެސް ގާއިމްކޮށްފައެވެ.
އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލްގައި ހުޅާއި އުނަގަނޑު ބަދަލުކުރުމުގެ އޮޕަރޭޝަންތަކުގެ ވެއިޓް ލިސްޓުގައި މިހާރުވެސް 177 މީހުން އެބަތިބި ކަމަށެވެ. އަދި މެޑިކެއާއާ އެއްބަސްވުމެއް ގާއިމްކުރީވެސް ރައްޔިތުންނަށް ފަސޭހަކޮށްދީ ފަރުވާ އަވަސްކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އެހާ ގިނަ މީހުން އޮޕަރޭޝަން ކުރާނެ އެނދު ކެޕޭސިޓީ އައިޖީއެމްއެޗްގައި ނެތް ކަމަށެވެ. އެހެންނަމަވެސް އައިޖީއެމްއެޗްގައި ވަރަށް ރަނގަޅު އޮޕަރޭޝަން ކުރާނެ ޑޮކްޓަރުންގެ ޓީމެއް އެބައޮތްކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އައިޖީއެމްއެޗްއިން ބުނީ އެ ހޮސްޕިޓަލުގެ ޕޭޝަންޓުން މެޑިކެއާ ފޮނުވާނީ "ރިފަރަލް ކޭސާސް"ތަކެއްގެ ގޮތުގައި ކަމަށާއި އަދި އެ އޮޕަރޭޝަންތަކަށް ވަކި ޕެކޭޖެއްވެސް ކަނޑައަޅާފައިވާ ކަމަށެވެ.
އާސަންދައާއެކު ހެދި އެއްބަސްވުމުގެ ދަށުން އޮޕްރޭޝަން ޕެކޭޖުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 65،000 ރުފިޔާއެވެ. އޭގެން އެއްވެސް ފައިސާއެއް ބަލިމީހާ ދައްކާކަަށް ނުޖެހޭނެއެވެ.