27 Jun 2019, 18:14
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެލްތް މިނިސްޓްރީގެ ސިޔާސީ މަގާމަކަށް، ގއ. ވިލިނގިލި، ޝާހުއާބާދުގޭ، ޝަހުރާބު އަބްދުﷲ އައްޔަންކޮށްފިއެވެ.
ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރަން ރައީސްއަށް ލިބޭ ބާރުގެ ދަށުން ޝަހުރާބު އައްޔަންކޮށްފައި ވަނީ ހެލްތް މިނިސްޓްރީގެ ސީނިއީ އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމަށެވެ.
އޭނާ އެ މަގާމަށް އައްޔަންކޮށްފައިވާއިރު، މި ހަފްތާ ތެރޭގައި އެހެން މިނިސްޓްރީތަކުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށްވެސް ވަނީ ބަޔަކު އައްޔަންކޮށްފައެވެ. އެއީ އިކޮނޮމިކް މިނިސްޓްރީއަށް، އަހުމަދު އަންވަރު (ސިމްވާ)، ޕްލޭނިން މިނިސްޓްރީއަށް މުހައްމަދު ޝިފާން އަދި އިބްރާހިމް އައްސަދު، ހެރިޓޭޖު މިނިސްޓްރީއަށް ޝަމްއޫނު ޖަލީލް (ލޫކަސް) އެވެ.