ފަންސަވީސް އަހަރުން ދަށުގެ އެކަކު ވެސް ޕީޕީއެމްގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެފައިވާތީ އެ ޕާޓީއަށް ނިސްބަތްވާ 25 އަހަރުން ދަށުގެ ޒުވާން ކުދިންކޮޅެއް މުސްތޮފާއަށް ރައްދު ދީފި އެވެ.

Mahuloof (mp3)

ޕީޕީއެމްއަށް ނިސްބަތްވާ ދެ ޖިންސުގެ 16 ޒުވާނަކު ޕާޓީގެ ސްޕޯކްސް ޕާސަން، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއެކު މިއަދު ހަވީރު ވަނީ ނޫސްވެރިންނާ ވާހަކަ ދައްކާފަ އެވެ.

އޭގެ ތެރޭގައި ހިމެނުނު އުމުރުން އަދި 25 އަހަރު ނުފުރޭ ޒުވާނުން ބުނީ "ތިމަރަފުށީ މުސްތަފާއަށް ރަނގަޅު މެސެޖެއް ދޭން" ބޭނުން ކަމަށާއި ޕީޕީއެމްގައި 25 އަހަރުން ދަށުގެ އެކަކު ވެސް ނޫޅޭނެ ކަމަށް މުސްތަފާއަށް ވިދާޅުވެވިފައި ވަނީ "މުސްތޮފާގެ އުމުރުން ދުވަސްވެ ވިސްނުމާއި ލޯބޯ ކޮށިވުމުން" ކަމަށެވެ.

އެކުދިން ބުނީ 19 އަހަރުގެ އަންހެން ކުއްޖަކު ޕާޓީއެއްގެ ކައުންސިލްގައި ހިމެނުނު ފުރަތަމަ ޕާޓީއަކީ ވެސް ޕީޕީއެމްކަމަށެވެ. އަދި އެމީހުން ޕީޕީއެމްގައި ތިބީ "މައުމޫނަށް ތާއީދު ކުރާތީ" ކަމަށާއި ޕީޕީއެމް ރަޖިސްޓްރީ ކުރަން ފުރަތަމަ ހުށަހެޅި 3000 އަށް ވުރެ ގިނަ މެންބަރުންގެ ތެރޭގައި ވެސް 600 އަށް ވުރެ ގިނަ ޒުވާނުން ހިމެނޭ ކަމަށެވެ.

މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ މާއިން ރަޝީދަކީ ޕީޕީއެމްގެ ކައުންސިލު މެންބަރެކެވެ.

ޕީޕީއެމްގެ ޒުވާނުން ބުނީ އަތޮޅުތަކުގެ ރަށްރަށުގައި ޕީޕީއެމްގެ ހަރަކާތްތައް ލީޑު ކުރަނީ ޒުވާނުން ކަމަށާއި. މެންބަރު މުސްތަފާއަށް "ޕީޕީއެމް އާއި ނުކުޅެވޭނެ" ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

PPM (mp3)