ސްޓޮކް މަދުވުމުގެ ސަބަބުން ދެ ރުފިޔާގެ ފައިސާ ފޮތީގެ އާ ސްޓޮކެއް ގެސްފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނީ ދެރުފިޔާގެ ފައިސާފޮތީގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޖަހައިގެން ދެރުފިޔާގެ ފައިސާ ފޮތީގެ އާ ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ.

އާ ސްޓޮކު ގެނެސް ދައުލަތުގެ ހަޒާނާގައި މިހާރު ރައްކާކޮށްފައިވާއިރު ސްޓޮކު ގެނެސްފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ހަޒާނާގައި ފައިސާ މަދުވުމުން އަލުން އާ ފައިސާ ޖަހައިގެން ގެނެސް ރައްކާކުރެއެވެ. ދާދިފަހުން 50 ލާރީގެ އާ ސްޓޮކެއްވެސް ވަނީ ގެނެސްފަ އެވެ.

މީގެ ކުރިން ބޭނުންކުރަމުންދިޔަ ދެ ރުފިޔާގެ ފައިސާފޮތި ކުރިއަށްވުރެ ލުއިކޮށް ޑިޒައިނަށް ބަދަލު ގެނެސްގެން ނެރުނީ މިނިވަން 50 އާ ދިމާކޮށް ނެރުނު ރަންދިހަ ފަހެއް ނޫޓުތަކާއެކު އެވެ.