ހައްޖު މަހާ ދިމާކޮށް ސައުދީ އަރަބިއްޔާއަށް އަގު ހެޔޮކޮށް ފޯނު ކުރެވޭ ޕްރޮމޯޝަނެއް ވަތަނިއްޔާއިން ފަށައިފި އެވެ.

މުއާސަލާތީ ކުންފުނިން އެއް މަސް ދުވަހަށް ފެށި ޕްރޮމޯޝަންގައި ވަތަނިއްޔާގެ ކަސްޓަމަރުންނަށް މިނެޓަކު 1.88ރ. އަށް ގުޅެ އެވެ. އެ ކުންފުނިން ބުނީ މި ޕްރޮމޯޝަނަކީ ހައްޖާޖީންގެ އާއިލާތަކަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށާއި ސައުދީއަށް ގުޅުމަށް ރާއްޖޭގައި ދެވޭ އެންމެ އަގު ހެޔޮ ޕްރޮމޯޝަނަކީ މިއީ ކަމަށެވެ.

ވަތަނިއްޔާގެ މި ޕްރޮމޯޝަނަލް ޕެކޭޖުން ސައުދީއަށް ގުޅުމަށް ނަމްބަރުގެ ކުރިޔަށް 011 ޖެހުމަށް ފަހު ސައުދީ ނަމްބަރަކަށް ގުޅުމުން އަގު ހެޔޮ ރޭޓުގައި ހިދުމަތް ހޯދޭނެ އެވެ.

ވަތަނިއްޔާ ލޯވެސްޓް އައިޑީޑީގެ ދަށުން މިހާރު ވެސް އަވަށްޓެރި ގައުމުތަކަށް 1.79ރ. އަށް ގުޅެ އެވެ.