26 Jun 2019, 10:02
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އިސްތިއުފާ ދެއްވައިފި އެވެ.
ލުތުފީ އޮފީހަށް ހާޒިރު ނުވެ މުސާރަ ނަންގަވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބެލުމަށް ފަހު އިއްޔެ ވަނީ ލުތުފީގެ އިތުބާރު ނެތް ކަމަށް ކޮމިޓީން ފާސްކޮށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ތަޅުމަށް ފޮނުވަން ނިންމާފަ އެވެ.
ލުތުފީ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވިކަން ރައީސް އޮފީހުން ޔަގީން ކޮށްދެ އެވެ. އެ ސިޓީ އޭނާ ހުށަހެޅުއްވީ އިއްޔެ އެވެ.
މިދިޔަ ފެބުރުއަރީ 10 ވަނަ ދުވަހުން ފެށިގެން ލުތުފީ ހުންނަވަނީ ޗުއްޓީގަ އެވެ. އަދި ޗުއްޓީ ހަމަވި ނަމަވެސް، އޮފީހަށް ވަޑައިނުގެން ތިން މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު ލުތުފީ ބަރާރަބަރަށް ގެންދަވަނީ މުސާރަ ނަންގަވަމުން އެވެ.
ލުތުފީ އޭސީސީއަށް އައްޔަނު ކުރީ 13 އޮކްޓޫބަރު 2010 ގަ އެވެ.