ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާ ބައްދަކު ކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ. މި ބައްދަލު ކުރެއްވުމާ ގުޅޭ އިތުރު ތަފްސީލު މަޖިލީހުން ހާމައެއް ނުކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރެއްވިއިރު ޖުޑީޝަލް ސާވިސް ކޮމިޝަނާ ސުޕްރީމު ކޯޓާ ދެމެދު ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ. ޖޭއެސްސީގައި ރައީސް ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.

އެ ކޮމިޝަނުން މިހާރުވެސް ދަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ބަލަމުންނެވެ.

މީގެ އިތުރުން ގާޒީންގެ ޝަރުތު ހަމަވޭތޯ ބަލަންވެސް ޖޭއެސްސީ އިން ވަނީ ނިންމަައިފައެވެ.