24 Jun 2019, 17:33
ދިވެހި ބަހުގެ އެކެޑަމީން އުރުދޫ ބަހާއި ސާންސްކްރިތު ބަހުގެ ކޯސްތައް ހިންގަން ނިންމައިފި އެވެ.
ބަހުގެ އެކެޑަމީގެ ނާއިބު ރައީސް ރާފިއާ އާބްދުލް ގާދިރު "ސަން" އަށް ވިދާޅުވީ އުރުދޫ ބަހުގެ ކޯސްތައް ފަށާނީ އަންނަ މަހު ކަަމަށެވެ
ރާފިއާ ވިދާޅުވީ އެ އެކެޑަމީން އުރުދޫ ބަހުގެ "ބޭސިކް" ކޯސްތަކެއް ފާއިތުވި ދެ އަހަރުވެސް ހިންގާފައިވާ ކަމަށެވެ. ނަމަވެސް އަންނަ މަހު ހިންގާ އުރުދޫ ބަހުގެ ކޯހަކީ ވަރަށް އެޑްވާންސް ކޯހެއް ކަަމަށް އޭނާ ވިދާޅުވި އެވެެ.
" އުރުދބަހުން ވަރަށް ގިނަ ބަސްތަކެއް އެބަ އިނދޭ ދިވެހި ބަހަށް ވަދެފައިި. އުރުދޫ ބަހުގައި އެބަހުރި ވަރަށް މުއްސަނދި ލިޓްރެޗާވެސް ތެދެއްތޯ. އެތަކެތި ދަސްކުރީމަ ދިވެހިބަހަށް ދޯ ހަމަ ފައިދާ ވާނީ. އެ ކޯހުގައި ބޮޑަށް އިސްކަންދޭނީ އުރުދޫބަހުގެ ގަވައިދަށް" ރާފިއާ ވިދާޅުވި އެވެ.
އެކެޑަމީއިން ކުރިއަށް ގެންދަން ނިންމި ސާންސްކުރިތު ބަހާ ބެހޭގޮތުން ރާފިއާ ވިދާޅުވީ އެ ކޯސްކުރިއަށް ގެންދަނީ އެކަށީގެންވާ ވަރަށް ދަރިވަރުން ލިބިއްޖެނަމަ އެވެ.
"ރާއްޖޭގެ ލޯމާފާނުވެސް ލިޔެފައި އެބަހުރި ސާންސްކްރިތު ބަހުން،" ރާފިއާ ވިދާޅުވި އެވެ.