ތޫނު ހަތިޔާރާއެކު އައްޑޫ ސިޓީ މަރަދޫން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ތޫނު ހަތިޔާރާއެކު މަރަދޫން މިއަދު ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ މަރަދޫގައި ތޫނު ހަތިޔާރު ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު 11:30 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އެ ހަތިޔާރުތައް ފެނިފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ގެއެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެގެއިން ފެނިފައި ވަނީ ކަނޑިއަކާއި ތިން ވަޅި އާއި ތިލައަކާއި އިންޖެކްޝަނަކާއި ޕޮކެޓް ވަޅި އަކާއި މާސްކެއްގެ އިތުރުން މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ހަ ރަބަރު ޕެކެޓު ކަމަށެވެ.