24 Jun 2019, 12:26
މޫނު ބުރުގާ އަޅައިގެން ރެޑްވޭވް ފިހާރައަށް ވަދެ ވައްކަންކޮށްގެން ހައްޔަރުކުރި ދެ އަންހެނުން ކްރިމިިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ އަންހެނުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނަކަމަށް ނިންމާ ކޯޓުން އެ ދެމީހުން ދޫކޮށްލައިފައިވާ ކަމަށެވެ.
ފުލުހުން ކުރިން ބުނީ އެ ދެ އަންހެނުން ވައްކަން ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:10 ހާއިރު މަޖީދީމަގުގައި ހުންނަ ގަލޮޅު ރެޑްވޭވް ފިހާރައިން ކަމަށެވެ.
އެ ދެ އަންހެނުން ވަގަށް ނެގި ތަކެތީގެ ތެރޭގައި ސްލިން ބޮޑީ ލޯޝަން، ހިމާލިޔާ ބްރޭންޑްގެ ފޭސްވޮޝް، ޑޯވް ޝޭމްޕޫ، ލައިފް ބޯއީ ޝަވަޖެލް، ދެ ބްރޭންޑެއްގެ ކޮލްގެޓްގެ ފުޅިީގެ އިތުރުން ރޯލޯން ހިމެނެއެވެ. އެ ތަކެތި ފަހުން ފިހާރައާ ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.