ރުއް ގަސް ނަގާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އެންވައިރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހާޒިރުކުރުމަށް ނިމައިފި އެވެ.

ރަށްރަށުން ރުށް ކަނޑާ ކައިރީ ރިސޯޓުތަކަށާއި ރާއްޖޭއިން ބޭރަށް ވިއްކަމުންދާއިރު، އީޕީއޭ އަޅާނުލާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ.

އެންވައިރަމަންޓް ކޮމިޓީގެ މުގައްރިރު، ހޯރަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމް "ސަން" އަށް ވިދާޅުވީ، އީޕީއޭ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައިވަނީ، ރަށް ރަށުން ރުށް ގަސް ބޭރުކުރުން އިތުރުވާ މައްސަލައިގައި ކަމަށެވެ.

ސަލީމް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެ މައްސަލައިގައި އީޕީއޭއާ ސުވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުން އޮތީ މިއަދު މެންދުރު 2:30 ގައެވެ.

މިއީ އީޕީއޭ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ.