23 Jun 2019, 09:19
މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ އެނިމޭޓެޑް ފިލްމުގެ ރިކޯޑު މުގުރާލާފައިވާ މަޝްހޫރު ކާޓޫން، "ފްރޯޒެން"ގެ ދެވަނަ ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.
ކާޓޫންގެ ފުރަތަމަ ބައި ދައްކާލީ 2013 ވަނަ އަހަރު އެވެ. އެ ކާޓޫންގެ ފުރަތަމަ ޓީޒާ ޓްރެއިލާ ވަނީ މިދިޔަ ފެބްރުއަރީ މަހު އާންމުކޮށްފަ އެވެ. "ފްރޯޒެން"ގެ ދެވަނަ ބަޔަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނައިރު ކާޓޫންގެ ޓްރެއިލާ ވަނީ 33 މިލިއަނަށް ވުރެ ގިނަ މީހުން ބަލައިފަ އެވެ.
ކްރިސް އަދި ޖެނިފާ ލީ ޑައިރެކްޓުކޮށް އުފައްދާފައިވާ އެ ކާޓޫން ސިނަމާތަކަށް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
ހޮލީވުޑް ބޮކްސް އޮފީހުގައި 1.3 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފްރޯޒެން އަކީ މިހާތަނަށް އެންމެ ގިނަ އާމްދަނީ ލިބިފައިވާ ބޮޑެތި ފިލްމުތަކުގެ ލިސްޓުގައި ވެސް ހިމެނޭ ފިލްމެކެވެ.