އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ން ދޭ ސީޓީ ސްކޭންގެ ހިދުމަތް އަނެއްކާވެސް މެދުކެނޑިއްޖެ އެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ ސީޓީ ސްކޭން މެޝިން މަރާމާތު ކުރުމުގެ މަސައްކަތެއް ކުރާތީ ވަގުތީ ގޮތުން ހިދުމަތް މެދުކަނޑާލާފައި ވާކަމަށެވެ. ނަމަވެސް އެމަޖެންސީކޮށް ސީޓީ ސްކޭނެއް ހަދަން ޖެހިއްޖެނަމަ އާސަންދަ އާއި ޓްރީޓޮޕް ހޮސްޕިޓަލާ ގުޅިގެން ސްކޭން ހެދޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހު އައިޖީއެމްއެޗުގެ ބާއިމާރާތުގެ އިންޖީނު ރޫމްގައި ހިނގި އަލިފަމުގެ ހާދިސާ އާއި ގުޅިގެންވެސް އެ ހޮސްޕިޓަލުން ދެމުންދިޔަ ސީޓީ ސްކޭން ހިދުމަތް މެދުކެނޑުނެވެ. އެފަހަރުވެސް އާސަންދަ އާއި ޓްރީޓޮޕާ ގުޅިގެން އިމަޖެންސީކޮށް ހަދަންޖެހޭ ސީޓީ ސްކޭންތައް ހެއްދީ ޓްރީ ޓޮޕުންނެވެ.

އަފާނުގެ ހާދިސާއާ ގުޅިގެން ސީޓީ ސްކޭނުގެ ހިދުމަތް މެދުކެނޑުނީ ޔޫޕޫއެސް ސިސްޓަމްގެ ބެޓަރީ ބޭންކަށް ލިބުނު ގެއްލުމުގެ ސަބަބުން ސިޓީ ސްކޭނަށް ކަރަންޓް ނުލިބުމުންނެވެ.

ސީޓީ ސްކޭން މެޝިންގެ މަރާމާތަށްފަހު އަލުން ހިދުމަތް ފެށޭނެ ދުވަހެއް އައިޖީއެމްއެޗުން ހާމައެއް ނުކުރެއެވެ.