21 Jun 2019, 19:52
ފުވައްމުލަކު ހޯދަޑު ޗަސްބިމުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްއިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ޗަސްބިމުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ މިއަދު އިރުއޮއްސި 18:50ގައި ކަމަށެވެ. އެކަމުގެ ރިޕޯޓް ލިބުމާއެކު ފުވައްމުލަކުގެ ފަޔާ ސްޓޭޝަންގެ ސިފައިން އެ ސަރަހައްދަށް ގޮސް އެ ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ. އަލިފާންގަނޑު ނިއްވާލެވުނީ މިރޭ 19:06ގައެވެ.
ހޯދަޑު ޗަސްބިމުގައި ރޯވި އަލިފާންގަނޑު ނިއްވައިލުމަށް ސިފައިން މަސައްކަތްކުރަނީ--- ފޮޓޯ/އެމްއެންޑީއެފް
އަލިފާންގަނޑު ރޯވީ މަގުގެ އަރިމަތީ ހުރި ފަތްކެޔޮ ގަސްތަކެއްގައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.