މިދިޔަ މެއި މަހު 103،022 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރިކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މެއިމަހު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އިންނެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރީ އިޓަލީ އިންނެވެ. ތިންވަނަ އަށް އިންޑިއާ އިންނެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މެއިމަހު ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޖަރުމަނު ވިލާތުންނެވެ. ފަސްވަނަ އަށް އިނގިރޭސި ވިލާތުންނެވެ.

އޭޕްރީލް މަހާ އަޅާ ބަލާއިރު މެއި މަހު ރާއްޖެ ޒިޔާރަތްކުރި އިންޑިއާ މާކެޓުން ވަނީ ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދައިފައެވެ.

ޓޫރިޒަމް މިނިސްޓްރީ ގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މެއިމަހުގެ ނިޔަލަށް 749،114 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18 ޕަސެންޓުގެ އިތުރު ވުމެކެވެ.