20 Jun 2019, 12:39
ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލުގެ ލެކްޗަރާއިން ހުނަރު ތަރައްގީކުރުމަށް ވާކްޝޮޕެއް ބާއްވައިފި އެވެ.
މިދިޔަ އާދިއްތައިން އަންގާރަ ދުވަހަށް ބޭއްވި އެ ވޯކްޝޮޕްގައި ލެކްޗަރާއިންގެ ހުނަރު އާލާކުރުމާ ގުޅޭ ގޮތުން ތަފާތު ތަމްރީންތައް ބޭއްވިކަމަށް އެމްއެންޔޫއިން ބުންޏެވެ.
"މިސާލަކަށް ކުދިންނަށް ކިހިނެއްތޯ ފަސޭހައިން އެއްޗެތި އެނގޭނީ. ކިހިނެއްތީ ފަސޭހައިން މައުލޫމާތުތައް ހަރުލާނީ." އެމްއެންޔޫގެ މާކެޓިން މޭނޭޖަރު ނަޖުމުﷲ އަލީ ވިދާޅުވި އެވެ.
އެ ވޯކްޝޮޕްގައި 36 ފަރާތަކުން ބައިވެރިވި އެވެ. ވޯކްޝޮޕްގައި ކިޔަވައިދެއްވީ މެލޭޝިއާގެ ކެބެންގްސާން ޔުނިވާސިޓީގެ ދެ ބޭފުޅުން ކަމަށްވާ ޑރ. އައިނުލް ސިޔާހްރިލްފަޒްލީ ޖާފަރު އަދު ޑރ. ސިއްތި ނޫރުލިއާ އޮސްމާން އެވެ.
އެމްއެންޔޫއިން ބުނީ މެޑިކަލް ސްކޫލަކީ އަލަށް ކިޔަވައިދޭން ފެށި ދާއިރާއަކަށްވާތީ އެ ސްކޫލުގައި ކިޔެވުން ހަރުދަނާކޮށް ދުނިޔޭގެ އެހެން ގައުމުތަކުން ގަބޫލުކުރާ ފަދަ ފެންވަރަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްއެންޔޫއިން މެޑިކަލް ސްކޫލުގެ ފުރަތަމަ ބެޗު ފެށީ މިދިޔަ އަހަރު ފަހުކޮޅު އެވެ. މެޑިސިން ކިޔަވައިދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ފަންގިފިލާ ވެސް ވަނީ ހާއްސަކޮށްފަ އެވެ. ނަމަވެސް ތަފާތު ސަބަބުތަކާގުރެ އެ ދެ ފަންގިފިލާގައި އަދި ކިޔަވައިދޭކަަށް ނުފަށަ އެވެ.