20 Jun 2019, 09:39
ޑައިރެކްޓަރު ސުޖިތު ސިރްކާގެ ކުރިއަށް އޮތް ފިލްމު "ގުލާބީ ސިތާބޯ"ގެ ޝޫޓިން ފަށައިފި އެވެ.
ސްކްރީން ރައިޓަރު ޖޫހީ ޗަތުރަވެދީ ސްކްރީން ޕްލޭ ލިޔެ ތައްޔާރުކުރާ އެ ފިލްމުގެ މުހިއްމު ތަރިންނަކީ ލެޖެންޑް އަމީތާބް ބައްޗަން އަދި އާޔޫޝް ކުރާނާ އެވެ.
ލަކްނޫގައި ޝޫޓިން ފެއްޓި އިރު އެ ފިލްމަކީ ފެމިލީ ކޮމެޑީއެވެ. ރޯނީ ލަހިރީ އާއި ޝީލް ކުމާރު ޕްރޮޑިއުސްކުރާ އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އޭޕްރިލް 24ގަ އެވެ.
މި ފިލްމުވެގެންދާނީ އަމީތާބް އާއި އާޔޫޝް ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.