ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ނެރުގެ މަސައްކަތެއް ކުރަން ހަމަޖެހިފައި ވާތީ އެކަމަށް އެއާޕޯޓަށް އަންނަ ކަނޑުގެ އުޅަނދުތައް ސަމާލުވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެދެފި އެވެ.

އެމްއޭސީއެލް އިން މިއަދު ނެރުނު އިއުލާނުގައި ބުނެފައި ވަނީ އަލަށް ހަދާފައިވާ ނެރުގެ މަސައްކަތެއް އަންނަ ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާން ހަމަޖެހިފައިވާނެ ކަމަށެވެ.

އެ މަސައްކަތަކީ ނެރު އެއްކޮށް ބަންދުނުކޮށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މަސައްކަތެއް ކަމަށާއި އެހެންކަމުން ކަނޑު އުޅަނދުތައް ސަމާލުވާން އެދޭ ކަމަށް އެ އިއުލާނުގައިވެއެވެ.