ގައުމީ އެއާލައިން މޯލްޑިވިއަންއިން ބެންކޮކަށް 40 ކިލޯ އެލަވަންސާއެކު، ދެކޮޅު ޓިކެޓް 385 ޑޮލަރު (5936.7 ރުފިޔާ) ލިބޭ ފެއާއެއް ފަށައިފި އެވެ.

މޯލްޑިވިއަންއިން ބުނީ އެ ފެއާ އަންނަ މަހުގެ 15 އާ ހަަމައަށް ކުރިއަށް ދާނެ ކަމަށެވެ.

ތައިލެންޑަށް އެތެރެވާން ދިވެހިން މިހާރު ވިސާ ނަގާކަށް ވެސް ނުޖެހެ އެވެ.

މޯލްޑިވިއަންއިން ބެންކޮކަށް ދަތުރުތައް ފަށާފައިވަނީ 2015ވަނަ އަހަރުގެ މާރޗުމަހުގެ 20 ވަނަ ދުވަހުއެވެ. މިިހާރުވެސް އެއެއާލައިން ހަފްތާއަކު ހަ ދަތުރު ތައިލޭންޑުގެ ވެރިރަށް ބެންކޮކަށް އަންނަނީ ކުރަމުންނެވެ.

އެ އެއާލައިންއިން މިހާރުވެސް ރާއްޖޭގެ 10 އެއާޕޯޓަކަށާއި، ބައިނަލްއަޤްވާމީ 9 މަންޒިލަކަށް ދަތުރުތައް ދަނީ ކުރަމުންނެވެ. އޭގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކަށް އަމާޒްކޮށްގެން ސީ ޕްލޭންގެ ހިދުމަތްވެސް މޯލްޑިވިއަނުންދެއެވެ.