ޖެންޑާ މިނިސްޓްރީގެ ސީނިއާ އެކްޒެކެޓިވްއަކަށް ބ. ތުޅާދޫ ހަވާއީ އިބްރާހިމް ޒާހިދު އައްޔަނުކުރައްވައިފި އެވެ.

ރައީސް އޮފީހުން އޭނާއަށް ފޮނުވާފައިވާ ސިޓީގައި ބުނީ ޒާހިދު އެ މަގާމަށް އިއްޔެއިން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.

ޒާހިިދު މީގެ ކުރިން ވަނީ ތުޅާދޫ ކައުންސިލްގެ ނާއިބު ރައީސްކަންވެސް ކުރައްވާފަ އެވެ.

އެ މަގާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ތިއްބެވި އެގްޒެކެޓިވް ކޯޑިނޭޓަރުން ފަދަ މަގާމެކެވެ.

އެކި މިނިސްޓްރީތަކަށް ވަނީ އެގްޒެކެޓިވް ޑިރެކްޓަރުން އައްޔަން ކޮށްފައެވެ. އެ މަގާމު ދީފައި ވަނީ ޖުމްލަ ކިތައް މީހުންނަށް ކަމެއް އަދި ސާފެއް ނުވެ އެވެ.