ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވެވަޑައިގެންފިއެވެ.

އެ ކޮމިޝަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި އަބްދުﷲ ދީދީ ސަސްޕެންޑުކުރީއާ ގުޅޭގޮތުން ބަލަމުންދާ ސުލޫކީ މައްސަލަ އަކީ، އެ ކޮމިޝަނުން އޭނާ ސަސްޕެންޑުކޮށްފައި ވަނިކޮށް، އެ ނިންމުމަށް ގޮންޖައްސަވައި މަސައްކަތަށް ނުކުންނެވި މައްސަލަ ކަމަށެވެ.

މިރޭ 11:30 އަށް ފަނޑިޔާރު އަބްދުﷲ ދީދީ ހާޒިރުކުރީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަޔާނެއް ނެގުމަށް ކަމަށް ޖޭއެސްސީން ބުންޏެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލެއްގެ ގޮތުގައި ޖޭއެސްސީއަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އާދަމް އާސިފާއި އަބްދުﷲ ޝިޔާޒެވެ.