12 Jun 2010, 14:46
19:00
ވޯލްޑްކަޕް ގުރޫޕް ބީ ގެ ފުރަތަމަ މެޗްގައި ގްރީސް އާ ބައްދަލުކޮށް 2-0 ން ދެކުނު ކޮރެޔާ މެޗް ކާމިޔާބު ކޮށްފި އެވެ.
މިއަދު ހަވީރު ރާއްޖެ ގަޑިން 4:30 ގައި ފެށި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ހިމެނޭ ދެކުނު ކޮރެޔާ އާ ގްރީސް ބައްދަލު ކުރި މެޗްގެ ހަތްވަނަ މިނިޓްގައި ދެކުނު ކޮރެއާގެ ލީ ޖުންގްސޫ ވަނީ އެމީހުންގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައެވެ.
ދެކުނުކޮރެޔާ ކުރީގައި އޮވެގެން މެޗްގެ ފުރަތަމަ ހާފް ނިމުނުއިރު ދެ ޓީމުން ވެސް ވަނީ ރީތި ކުޅުމެއް ދާކާފައެވެ. ނަމަވެސް ދެކުނު ކޮރެއާއިން ވަނީ ގްރީސްގެ ގޯލަށް އެމީހުންގެ ކައުންޓަ އެޓޭކް ތަކުގެ ބާރު ބޮޑުކޮށްފައެވެ.
ގްރީސްގެ ޓީމަށް ގެނައި ބަދަލަކާ އެކު ދެ ވަނަ ހާފް ކުޅެން ފެށިތާ ހަތް މިނިޓް ތެރޭ ދެކުނު ކޮރެއާއިން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި މެޗްގެ ލީޑް ފުޅާކޮށްފައެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިދީ ފައިވަނީ މެންޗަސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ޕާކް ޖީ ސުންގް އެވެ.
ދެވަނަ ހާފްގައި ވަނީ ގްރީސްގެ ޓޮރިސީޑިސް ކުރި ކުށަކާ ގުޅިގެން ރީނދޫ ކާޑެއް ވެސް ދައްކާފައެވެ.
އެހެންނަމަވެސް މިއަދުގެ މެޗް ނިމުނުއިރު ދެކުނު ކޮރެއާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މިއަދުގެ މެޗްގައި ދެ ޓީމުން ވަނީ އެމީހުން ތިން ބަދަލު ގެނެސްފައި.