15 Jun 2019, 12:28
ފުލުހުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ބައެއް އުޅަނދުތައް މިއަދު ނައްތާލައިފިއެވެ.
އެއްގަމު ދަތުރުފަތުރުގެ ގަވައިދުތަކާ ޚިލާފުވާ އުޅަނދުތައް ގެންދަނީ ފުލުހުންގެ ޓޯ ޔާޑަށެވެ. އެ ތަނުން އުޅަނދުތައް ނެގޭނީ ފައިސާ ދައްކައިގެންނެވެ. ވަކި މުއްދަތެއްގެ ތެރޭގައި އުޅަނދުތައް ނުނަގާ ނަމަ އެ އުޅަނދުތައް ފުލުހުން ނައްތާލާނެއެވެ.

ޓޯޔާޑުގައި ހުރި ބައެއް އުޅަނދުތައް ނައްތާލަނީ -- ފޮޓޯ/ ފުލުހުން
ފުލުހުން ބުނީ، އެގޮތަށް ނައްތާލަން ހަމަޖެހިފައިވާ ބައެއް އުޅަނދުތައް މިއަދު ނައްތާލާފައިވާ ކަމަށެވެ.
ނައްތާލީ:
64 ސައިކަލު
- 10 ހަތަރު ފުރޮޅުލީ އުޅަނދު
- 5 ބައިސިކަލު