އަށް އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މެދުރާއްޖެތެރޭގެ ރަށެއްގައި އުމުރުން އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ޖޯނާ ކުރި މައްސަލައެއް މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ 10:00 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުްނ މީހަކު ހައްޔަރު ކުރީ މިއަދު ކަމަށް ފުލުހުން ބުންޏެވެ.

ޖިންސީ ގޯނާގެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 58 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ބަލަމުންދާއިރު ޖެންޑާ މިނިސްޓްރީ އިން އިއްޔެ ބުނީ އއ. އަތޮޅުގެ ރަށަކުން ޖިންސީ ގޯނާގެ މައްސަލައެއް އެ މިނިސްޓްރީ އަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ޖިންސީ ގޯނާ ލިބުނު ކުއްޖާ އަށް ޖެންޑާ އިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

މީގެ ކުރިން ކުޑަކުއްޖަކާ ބެހިގެން ހުޅުމާލެއިން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށޤ ހާޒިރު ކުރުމުން އިޖުރާތްތައް ފުރިހަމަނުވާކަމަށް ބުނެ ކޯޓުން ވަނީ އެމީހާ ދޫކޮށްލައިފައެވެ.