މިނާފުށް ލައްވާ ބަޑިއެއް ފެނުނު މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ރޭ މެންދަމު 1:32 އެހާކަންހާ އިރު އިސްލާމިކް ޔުނިވާސިޓީ ފަހަތުގައި އޮންނަ ޕާކުގައި ތިބި ބައެއްގެ ކައިރިން މިނާފުށް ލައްވައިގެން ބޭނުންކުރާ ވައްތަރުގެ ބަޑިއެއް ބާއްވާފައި އޮއްވާ ފެނުނު ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައިވާ ބަޑި--- ފޮޓޯ/ ފުލުހުން

އަދި އެ މައްސަލައާ ގުޅިގެން 22 އަހަރުގެ ފިރިހެނަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ބަޑި މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.