13 Jun 2019, 11:44
އދ. މަހިބަދޫ ފާމަސީއެއްގައި މަސައްކަތްކުރާ ބިދޭސީ ފާމަސިސްޓަކަށް ބިރު ދައްކައި ސިރިންޖުތަކެއް ވަގަށް ނެގި މީހަކު މަސްތުގެ ހާލުގައި ހުއްޓައި ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ފާމަސިސްޓަށް ތޫނު އެއްޗަކުން ބިރުދައްކައި ތިން ސިރިންޖު ނަގައިގެން ފިލި ކަމުގެ ރިޕޯޓު ރޭ 21:00ގައި ލިބިފައިވާ ކަމަށާއި އެ މައްސަލައިގެ ތުހުމަތުގައި 36 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރު ކުރީ މަގުމަތިން ހުއްޓުވައިގެން ކަމަށާއި އެނާ ހައްޔަރު ކުރިއިރު ވެސް ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.