12 Jun 2019, 13:34
ފަނޑިޔާރުންގެ ޖަމިއްޔާގެ ނަމުގައި ޖަމިއްޔާއެއް އުފައްދަން ނިންމައި ޖަމިއްޔާ އުފެދުމަށް ހުށަހަޅައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ފަނޑިޔާރުންގެ ޖަމިއްޔާ އުފައްދަން ނިންމީ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއްގައި ކަމަށެވެ.
" މި ޖަމިއްޔާ އުފެއްދުމަށްޓަކައި ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް ވަނީ 2019 މޭ 26 ވަނަ ދުވަހު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް ވަނީ ހުށަހަޅާފަ"
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ފަނޑިޔާރުންގެ ޖަމިއްޔާ ހަދަނީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ފަނޑިޔާރުންނަށް ލިބިގެންވާ ހައްގުގެ ދަށުން ކަމަށެވެ.
އެ ޖަމިއްޔާގެ މަގުސަދަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުން ކަމަށް ޑީޖޭއޭއިން ބުންޏެވެ.