ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ 17 ކޮމިޓީގެ މުގައްރިރު އަދި ނައިބު މުގައްރިރުން ކަނޑައަޅާއިފި އެވެ.

ކޮމިޓީގެ މުގައްރިރު އަދި ނައިބު މުގައްރިރުން ކަނޑައެޅީ މިއަދު ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ. މަޖިލީހުން މިއަދުގެ ޖަލްސާގައި ވަނީ 17 ކޮމިޓީތައް ބެހިގެންވާ ގޮތާއި އެ ކޮމެޓީތަކުގައި ތިއްބަވާނެ މެމްބަރުން ފާސްކޮށްފައެވެ.

ސަތަރާ ކޮމިޓީގެ މުގައްރިރަކަށްގެ ތެރެއިން ގަވާއިދު ކޮމިޓީ ފިޔަވާ ހުރިހާ ކޮމިޓީގެ ވެސް މުގައްރިރުކަން ކުރަނީ 65 މެމްބަރުން ތިބި އެމްޑީޕީންނެވެ. ގަވާއިދު ކޮމިޓީގެ މުގައްރިރަކަށް ކަނޑައެޅީ އިދިކޮޅު އެމްޑީއޭއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރެވެ. އަދި ތިން ކޮމިޓީއެއް ފިޔަވާ ބަކީ 15 ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކަނޑައެޅީ އެމްޑީޕީގެ މެމްބަރުންނެވެ.

ކޮމިޓީގެ މުގައްރިރު އަދި ނައިބު މުގައްރިރުންގެ ގޮތުގައި ކަނޑައެޅި މެމްބަރުން:

  1. އާންމު ކޮމިޓީގެ މުގައްރިރަކަށްގެ މުގައްރިރަކަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު، ހަސަން ލަތީފް އަދި ނައިބަކަށް ތޮއްޑޫ ދާއިރާގެ މެމްބަރު، ހަސަން ޝިޔާން.

  2. ޕެޓިޝަން ކޮމިޓީގެ މުގައްރިރަކަށް މުލަކު ދާއިރާގެ މެމްބަރު، އިބްރާހިމް ނަސީރު އަދި ނައިބަކަށް، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު، އަބްދުލް މުޣުނީ.
  3. އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީގެ މުގައްރިރަކަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު، ޔާސިރު އަބްދުއްލަތީފް އަދި ނައިބަކަށް، ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
  4. ގަވާއިދު ކޮމިޓީގެ މުގައްރިރަކަށް - ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ނައިބަކަށް، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
  5. މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު އަދި ނައިބަކަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
  6. ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރަކަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އަދި ނައިބަކަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
  7. އިގްތިސޯދީ ކޮމިޓީގެ މުގައްރިރަކަށް އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އަދި ނައިބަކަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝިދު
  8. އިޖުތިމާއީ ކޮމިޓީގެ މުގައްރިރަކަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ އަދި ނައިބަކަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
  9. ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރަކަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އަދި ނައިބަކަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ
  10. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރަކަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި ނައިބަކަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް
  11. ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރަކަށް މުގައްރިރަކަށް ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އަދި ނައިބަކަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
  12. ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ނައިބަކަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު
  13. ލާމަރުކަޒީ ކޮމިޓީގެ މުގައްރިރަކަށް ހުޅުމާޅެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އަދި ނައިބަކަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  14. ޖުޑީޝިއަރީ ކޮމިޓީގެ މުގައްރިރަކަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަދި ނައިބަކަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
  15. އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭޖް ކޮމިޓީގެ މުގައްރިރަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ނައިބަކަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް
  16. ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރަކަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އަދި ނައިބަކަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
  17. ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ މުގައްރިރަކަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަދި ނައިބަކަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ

މީގެ ކުރިން މަޖިލީހުގައި އޮންނަނީ 13 ކޮމެޓީއެކެވެ. ނަމަވެސް ގަވާއިދު އިސްލާހު ކުރާ ކޮމިޓީން ވަނީ ކޮމިޓީތަކުގެ އަދަދު 17 އަށް އިތުރުކޮށް ގަވާއިދު އިސްލާހުކޮށްފައެވެ. އެ އިސްލާހު މަޖިލީހުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި ފާސްކޮށްފައެވެ. އަލަށް އުފެއްދި ކޮމިޓީތަކަކީ ޖުޑިޝަރީ ކޮމިޓީ، ލާމަރުކަޒީ ކޮމިޓީ، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ، ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އަދި ފޮރިން ރިލޭޝަންސް ކޮމިޓީ އެވެ.