11 Jun 2019, 21:59
މައްސަލަ ހައްލުކޮށް އަށް ގަޑިިރަށް ފަހު، ގދ. ކާޑެއްދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށައިފި އެވެ.
ކާޑެއްދޫ އެއާޕޯޓުގެ ފަޔާ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލީ މިއަދު މެންދުރު 1:00 ގައެވެ.
ކާޑެއްދޫ އެއާޕޯޓު ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް މިރޭ "ސަން" އަށް ވިދާޅުވީ، ފަޔާ ލޮރީ މަރާމާތު ކުރުމަށްފަހު، މިހާރު އޮޕަރޭޝަންތައް ފަށައިފައިވާ ކަމަށެވެ.
ކާޑެއްދޫ އެއާޕޯޓުގެ ދަތުރުތަށް މެދުކަނޑާލަން ޖެހުމުން މިއަދު މެންދުރުން ފެށީގެން އެ އެއާޕޯޓަށް ދަތުރުކުރާ ހަމަ އެކަނި އެއާލައިން، ގައުމީ އެއާލައިން، މޯލްޑީވިއަންގެ ހުރިހާ ފުލައިޓެއް މިއަދު ކެންސެލް ކުރާންޖެހުނެވެ.
ހުވަދުއަތޮޅުގެ ފުރަމަ އެއާޕޯޓު، ކާޑެއްދޫ އެއާޕޯޓު ހިންގުމަށް 2013 ވަނަ އަހަރު ވިލާ ކުންފުންޏާ 50 އަހަރަށް ހަވާލުކޮށްފައި ވަނިކޮށް 2017 ވަނަ އަހަރު އެ އެއާޕޯޓު ވަނީ ސަރުކާރަށް ނަގައިފަ އެވެ.