11 Jun 2019, 15:28
ލ. ގަމުގައި، ކުއްޔަށްދޭ ކޮޓަރިއެއްގައި މީހަކު މަަރުވެއްފައި އޮއްވާ ފެނުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
މަރުވެފައި އޮއްވާ ފެނުނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންނަށް މި މައްސަލައިގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 12:45 ގައެވެ.
ފުލުހުން މިއަދު ބުނީ، އެ މީހާކީ ޗުއްޓީ ހޭދަކުރުމަށް ލ. އަތޮޅަށް ގޮސް ހުރި މީހެއް ކަމަށެވެ.
"މިހާތަނަށް ބެލި ބެލުމުން ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް. އަދި ހަށީގަނޑު އޮތީ ހަރުވެފައި،" ފުލުހުން ބުންޏެވެ.
އެމީހާގެ ހަށިގަނޑު މިހާރު ވަނީ، ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.