ނަވާރަ ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ އިއްޔެ ކުޅުނު މެޗު ރެޑްލައިން ކުލަބުން ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު ގްރޫޕް އޭގެ މިމެޗް ރެޑްލައިން ކުލަބުން ކާމިޔާބު ކުރީ ބީޖީ ސްޕޯޓްސް ކުލަބާ ވާދަކޮށް 31 ޕޮއިންޓް 110 ޕޮއިންޓުން ނެވެ.
މެޗުގައި ބީޖީ ސްޕޯޓްސް ކުލަބަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ސިފާން ރުޝްދީ އެވެ. އޭނާ ވަނީ މެޗުގައި ބަޔަށް 16 ޕޮއިންޓް ކާމިޔާބު ކޮށްދީފަ އެވެ.
މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ރެޑްލައިން ކުލަބަށް 32 ޕޮއިންޓް ހޯދައިދިން އަހުމަދު އައިމަން ރަޝީދެވެ.
މުބާރާތުގައި މިރޭ 8:30ގައި ކުޅުމަށް ހަމަޖެހިފައިވާ ދެ ޓީމަކީ ގްރޫޕް ބީ ފަޅިން ވަދަކުރާ ވިކްޓަރި ސްޕޯޓްސް ކުލަބާއި ޓީ ރެކްސް ބާސްކެޓް ބޯލް ކުލަބެވެ.

މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ޓީރެކްސް އެވެ.