ގދ. ތިނަދޫގައި ހަދަމުންދިޔަ އިސްލާމީ މަރުކަޒުގެ ސައިޓުން ވަގަށް ނެގި ތަކެއްޗާއެކު ބިދޭސީއަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

ތިނަދޫގައި އިމާރާތް ކުރި އިސްލާމީ މަރުކަޒު ސައިޓުން ވައްކަން ކުރީ މިއަހަރު ކުރީކޮޅުއެވެ. އޭރު އެސައިޓުގައި ހިމެނޭ ކަރަންޓު ސާމާނުތަކެއް ވަނީ ވަގަށް ނަގާފައެވެ.

ފުލުހުން މިއަދު ބުނީ، ތިނަދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރަމުން ދިޔަ ކުންފުނީގެ ސާމާނުތަކެއް ނެނގި މައްސަލައިގައި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެއްޗާއެކު، 27 އަހަރުގެ ބިދޭސީއަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ފުލުހުނަށް ލިބުނު މައުލޫމަތަކާ ގުޅިގެން މިއަދު މެންދުރުގެ ވަގުތެއްގައު ގދ. ތިނަދޫ އިން،" ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.